އިއްޔެ 15 އަހަރުގެ ކުއްޖަކު ވިހޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ އެމައްސަލައިގައި ވިހޭ ކުއްޖާގެ ދަރިފުޅު ނިޔާވެފައި ވާކަމަށާ ފުލުހުންނަށް އެހާދިސާ ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ހެނދުނު ކަމަށެވެ.

މިމައްސަލައިގައި ހިމެނޭ ކުއްޖާއަކީ ގާނޫނީ ގޮތުން ކުޑަ ކުއްޖަކަށް ވާތީ ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.

މިފަހަކަށް އައިސް ކުށުގެ ވެށިން ކުޑަކުދިން ހައްޔަރު ކުރުން ގިނަކަން ފާހަގަ ކުރެވޭ އިރު ކުޑަކުދިން އުޅޭ ނޫޅޭގޮތް މައިންބަފައިން ބެލުމަށް ކަމާބެހޭ ފަރާތްތަކުން ތާއަބަދު އިލްތިމާސް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.