ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާ އެކު ހުޅުމާލެއިން މީހަކު އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަަމަށެވެ.

ރޭ ދަންވަރު 3:52 ހާއިރު ހުޅުމާލެ ސިވިލް ކޯޓުކައިރިން ޓެކްސީއެއް ހިފަހައްޓާ ފާސްކުރިއިރު 60 ފުޅި ބަނގުރާ ފެނިފައިވާ ކަމަަށް ފުލުހުން ބުނެއެވެ. އެވަގުތު ޓެކްސީގައި ތިބި ޑްރައިވަރުގެ އިތުރުން ބިދޭސީއެއް ކަމަށާއި އޭގެތެރެއިން ޑްރައިވަރު މިހާ ވަނީ ފިލާފައިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ޓެކްސީއަށް އަރުވައިގެން ގެންދިޔަ ފޮށިތަކަކީ ހުޅުމާލެ ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ޝެޑް ކައިރިން ޑިންގީއެއްގައި ގެނެސް ބޭލި ފޮށިތަކެކެވެ.

މިދިޔަ މަހުތެރޭގައި ވެސް އއ. މަތިވެރިން 70 ފުޅި ބަނގުރަލާ އެކު ފުލުހުންވަނީ 18 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައެވެ. މި މއްސަލައިގައި އއ. މަތިވެރި ގެސްޓްއަކުން 70 އަށް ވުރެ ގިނަ ބަނގުރާފުޅިއާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެތި ހުސްކޮށްފައި ހުރި ގިނަ އަދަދެއްގެ ފުޅި ފެނިފައިވެއެވެ.