ހޮލެންޑްގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑްސްއާއެކު ފްލޯޓިން އައިލެންޑް ހެދުމުގެ މަޝްރޫއުގައި އަނެއްކާވެސް ސޮއިކޮށްފިއެވެ.
ފްލޯޓިން އައިލެންޑް ހެދުމުގެ މަޝްރޫއުގައި އަލުން ސޮއިކުރީ ޓުއަރިޒަމް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުގައި ސޮއި ކުރުމަށް އެކުލަވާލި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސޯލިހެވެ.
ހޮލެންޑުން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޖޮއޭން ޑޯނެވާޑް މިރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށް ފަހު މިކަމާ ގުޅޭ ޓްވީޓެއް ކުރެއްއެވެ.
ޑަޗް ޑޮކްލޭންޑްސްއާ އެކު މި މަޝްރޫއުގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރެވެ. އެފަހަރު އެއްބަސް ވީ މާލެ އަތޮޅުގެ ފަސް ފަޅެއް 50 އަހަރަށް ދިވެހި ސަރުކާރާއި ޑަޗް ޑޮކްލޭންޑް ހިއްސާވާ ކުންފުންޏަކަށް ދިނުމަށެވެ. ނަމަވެސް އޭރު މި މަޝްރޫއަށް ވީނުވީއެއް ނޭނގި މަސައްކަތް ހުއްޓުނީ ރައީސް ނަޝީދުގެ ސަރުކާރު ނިމުމަކަށް އައުމާއެކު ގައެވެ.
ރާއްޖެ ކަހަލަ ޖަޒީރާ ގައުމެއްގައި ފްލޯޓް ކުރާ ރަށްތަކެއް ހަދަނީ ކީއްކުރަންތޯ ގިނަބަޔަކު ސުވާލު އުފައްދަމުން ދާއިރު އަލުން މި މަޝްރޫއުގައި ސޮއި ކުރި އިރު ކުންފުނީގެ ބޯޑުގެ ބައެއް މެންބަރުންނަށް އެކަން އެނގިވައި ނުވާކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ.
ކިތަންމެ ވަރަކަށް ސޮއެކުރިއަސް ކަމެއް ނުކުރާނެ.ކުރިކެޓް ބަލާލާ ވަޅުދިޔަ ހިއްކާލާ އެކަހަލަ ގޮތަކަށް ފަސްއަހަރު ނިންމާލަ ފާނެ