ޒުވާން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ 18 އަހަރުގެ އައިޝަތު ލަމްޔާއެވެ. އާއިލާ އިން ބުނީ ރޭ 8:30 ގައި ފިހާރަ އަށް ދިޔަ ފަހުން އޭނާގެ ހަބަރެއް ނުވާތީ ހޯދަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލަމްޔާ އެންމެ ފަހުން ފެނުނީ ރޭ 09:30 ގައި ދިލްބަހާރުމަގު، މައްޗަންގޯޅި އާ ސަހަރާ ކަންމަތިންނެވެ.
އަދި އެންމެފަހުން އޭނާ ހުރީ ކަޅު ޖިންސަކާއި، ހުދު ޓޮޕަކާއި، ކަޅު ޝޯލްއެއްގެ އިތުރުން ހުދު ފައިވަނަކަށް އަރައިގެން ކަމަށް އާއިލާއިން ބުނެއެވެ.
ލަމްޔާ އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ، 9959907 ނުވަތަ 9691063 އަށް މައުލޫމާތު ހިއްސާކުރުމަށް އާއިލާއިން ވަނީ އެދިފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އޭނާ ގެއްލުނު މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.