ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑުތައް ރޭގަންޑު 1 ޖަހަންދެއް ހުޅުވައިފައި ބަހައްޓާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ބުނެފިއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް އިން ބުނީ މި ބަދަލަކީ، ރަމަޟާން މަހަކީ ދިވެހިން ކެއުން ބުއިމަށާ އެހެނިހެން ކަންކަމަށް ބޮޑު ބަދަލުތަކެއް ގެންނަމުން ދާ މަހެއް ކަމުން، މި ބަދަލަކީ އާންމުންނަށް ފަސޭހަޔަށް ގެނެސްފައިވާ ބަދަލެއްކަމަށެވެ. ދަންވަރު 1 ޖަހަންދެއް ޕެޓްރޯލް ޝެޑްތައް ހުޅުވާފައި ހުރި ނަމަވެސް ހަވީރު 5 އިން ރޭގަނޑު 8 ކަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ ހުރިހާ ޝެޑްތަކެއް ބަންދުވާނޭ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

ކޮންމެ ރަމަޟާން މަހެއްގައިވެސް ފިއުލް ސަޕްލައި މޯލްޑިވްސް ގެ ހިދުމަތް ދިނުމުގެ ގަޑިތަކަށް ބަދަލު ގެނެއެވެ. މި ބަދަލަކީ މާލޭގެ ހުރިހާ ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކެއްގެ ހިދުމަތްދޭ ގަޑި ތަކަށްވެސް ގެނެސްފައިވާ ބަދަލެއް ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

ރަމަޟާން މަހާ ގުޅިގެން ފިހާރަތައް އަދު ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުން ހިދުމަތްދޭ ގަޑިތަކަށްވެސް ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. ފިހާރަތައް ރޭގަނޑު 12 އާ ހަމަޔަށް ހުޅުވިފައި ހުންނާނެއެވެ. ކެފޭ ރެސްޓޯރެންޓްފަދަ ތަންތަން ހުޅުވިފައި ހުންނާނީ މެންދަމު 3 ޖަހަންދެކަށެވެ.