ހޫނު ގަދަ ދުވަސްވަރަކަށް ވުމާއި އެކު، ހަޑިގަނޑުގައި ފެން ހުންނަ މިންވަރު އިތުރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުވާލަކު އިންސާނެއްގެ ހަށިގަނޑަށް މަދު ވެގެން އަށް ތަށި ފެން ބޭނުން ވެއެވެ. ނަމަވެސް، ބެނުންވާ ވަރަށް ފެން ބޮވެނީ ކިތައް މީހުންނަށް ތޯއެވެ. ރޯދަ މަސް ޖެހުމުން ފެން ބޭނުން ކުރެވޭ މިންވަރު މިހާރު ފެން ބޭނުން ކުރެވޭ ވަރަށް ވުރެ ވެސް މަދުވެއެވެ.

މި ރޯދަ މަހު ކަރު ހިއްކުމާއި ދުރުވާން މި ބުއިންތައް ބޭނުން ކުރަމާ ތޯއެވެ.

ފެން

ކަރު ހިއްކުމާއި ދުރުވާން އެންމެ ރަނގަޅު ބުއިމަކީ ފެނެވެ.

ކިރު

ކިރަކީ ފެނަށް ވުރެ އޮލަކޮށް ހުންނަ އެއްޗަކަށް ވުމުން، އެއީ ހަށިގަނޑަށް ބޭނުންވާ ވަރަށް ތާޒާކަން ގެނެސްދޭ އެއްޗެއް ނޫނޭ ހިތަށް އަރާފާނެއެވެ. ނަމަވެސް، ކިރުގައި އެކުލެވޭ ކެލްސިއަމް އާއި ވިޓަމިން ޑީ އިން މީހާ ތާޒާކޮށް ބެހެއްޓުމަށް ފަސޭހަ ކޮށްދެއެވެ.

މޭވާ ފެން

ބައެއް މީހުންނަށް ފެންތަށްޓެއް ބުއިމަކީ ވަރަށް އުނގަދޫ ކަމަކަށް ވެއެވެ. ފެނުގައި ރަހައެއް ނުދޭތީއެވެ. މިފަދައިން ވާ ނަމަ ފެން ތަށްޓަށް ލުނބޯ ނުވަތަ ކިއުކަންބާ ފަދަ މޭވާ ފޮއްޗެއް ލާށެވެ.

ފުރުޓް ފަނި

މޭވާއަކީ އޭގައި 85 ޕަސަންޓް ފެން ހިމެނޭ އެއްޗެކެވެ. އަދި އޭގައި ވިޓަމިންތަކާ ސިއްހަތަށް ފައިދާ ހުރި އެތައް މާއްދާއެއް އެކުލެވެއެވެ. ކަރު ހިއްކުމާއި ދުރުވުމަށް އެކި ޒާތްޒާތުގެ މޭވާއިން ފަނި ހަދައިގެން ބޭނުން ކުރެވިދާނެއެވެ.

ކަރާ

ކަރައަކީ ބުއިމެއް ނޫނެވެ. ނަމަވެސް، ކަރާ ކެއުމަކީ ފެން ތަށްޓެއް ބުއިމާއި އެއްވަރު ކަމެކެވެ. ކަރަ އަކީ އޭގައި 92 ޕަސަންޓް ފެން ހުންނަ އެއްޗެކެވެ.