ބޭނުންވާނެ ތަކެތި:
ބިސްކޯދު ލޭޔާ:
120 ގ ބިސްކޯދު ( ހިމުންކޮށްފައި)
60 ގ ބަޓާ (މެލްޓު ކޮށްފައި)
ކްރީމް ލޭޔާ:
400 ގ ކްރީމް ޗީޒް
120 ގ ހަކުރު (އައިސިން ޝުގާ)
200 ގ ސޯ ކްރީމް
150 އެމްއެލް ހެވީ ކްރީމް
2 ބިސް
2 ސަމްސާ ކޯން ފްލާ
1 މޭޒުމަތި ސަމްސާ ވެނީލާ އެސެންސް
2 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
ބެރީ ސޯސް:
300 ގ ސްޓޯބެރީ
40 ގ ހަކުރު
1 މޭޒުމަތީ ސަމްސާ ފެން
ތައްޔާރު ކުރާނެ ގޮތް:
ބިސްކޯދު ކޮޅާ ބަޓާ ކޮޅު ރަނގަޅަށް އެއްކޮށްލުމަށްފަހު ޓްރޭއެއްގައި އަތުރާލާށެވެ. އެއަށް ފަހު ކްރީމް ޗީޒްކޮޅު ތައްޓަކަށް އެޅުމަށްފަހު ހަކުރާއެކު ގިރާށެވެ. ކްރީމް ވުމުން ސޯ ކްރީމް ކޮޅާ އެއްކޮށްލުމަށް ފަހު ގިރާލާށެވެ. އެއަށްފަހު ހެވީ ކްރީމް ކޮޅުވެސް އެއްކޮށްލައި ގިރާލާށެވެ. މި ހުރިހާ އެއްޗެއް ރަނގަޅައް އެއްކުރެވުމުން 2 ބިސް އެޅުމަށް ފަހު ގިރާލާށެވެ. އަދި ކޯން ފްލޯގެ އިތުރުން ވެނީލާ އެސެންސް ކޮޅު އަޅާލުމަށްފަހުވެސް ރަނަގަޅައް އެއްވަންދެއް ގިރާލާށެވެ. މި ހުރިހާއެއްޗެއް ރަނަގަޅަށް މިކްސް ވުމުން ލުނބޯ ހުތް ފޮދު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ކްރީމް އަށް އެޅި ހުޜިހާ އެއްޗެއް އެއްކޮށް ނިމުމުން ދެން ކްރީމް ކޮޅު ޓްރޭގައި އަތުރާށެވެ. އަތުރާލުމަށްފަހު މަތި އޮމާން ކޮށްލަން ވާނެއެވެ.
ދެން ޗީޒް ކޭކް ފިހުމަށްޓަކާ ކޭކް އެޅި ޓްރޭ އަށްވުރެ ބޮޑު ޓްރޭއަކަށް ފެން އަޅާށެވެ. ދެން ކޭ އެޅި ޓްރޭ ފެން ޓްރޭގެ ތެރެއަށް ލާށެވެ. ޓްރޭ ލާންވާނީ ވަށައިގެން ފޮއިން އޮޅާފައެވެ. އެއަށްފަހު 180 ޑިގްރީ ސެލްސިއަސް ގައި 30 މިނެޓަށް ފިހެލާށެވެ. އަދި އެއަށްފަހު 150 ޑިގްރީ ސެލްސިއަސް ގައި އަނެއްކާވެސް 30 މިނެޓަށް ފިހެލާށެވެ.
އެއަށްފަހު ބެރީ ސޯސްކޮޅު ތައްޔާރު ކުރުމަށްޓަކާ ސްޓޯބެރީ 5 މިނެޓް ވަންދެއް މައިކްރޯވޭވް އިން ހޫނު ކޮށްލާށެވެ. އެއަށްފަހު ހަކުރު ކޮޅު އަދި ފެން ފޮދު އަޅާލުމަށްފަހު މިކްސްޗާ ކޮށްލާށެވެ. އަދި ކޭކްގެ މަތީގައި ތުނި ލޭޔާއެއް ގޮތަށް ސޯސްކޮޅު އަތުރާލާށެވެ.
އޭރުން އިންނާނީ ނިއުޔޯކް ޗީޒްކޭކް ތައްޔާރުވެފައެވެ.