މިހާރު އޮތް ކޯލިޝަން ސަރުކާރުގެ އެއް ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އެ މަގާމަށް "ފިޓް" ނޫން ކަމަށާއި، އެންމެ ރަނގަޅުވާނީ މުދިންކަން ކަމަށް ކާށިދޫ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މަޖިލިސް އިންތިހާބަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިސްޓަމުން ބޭރުވެފައިވާ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ދައްކަވަން އުޅުއްވާ މަންޒަރު ރައްޔިތުން މިހާރު ގަބޫލެއް ނުކުރާ ކަމަށާއި، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ނުހޮވި އެކަންވެސް ސާފު ވެއްޖެ ކަމަށެވެ.
"މިހާ ހިސާބުން ފެށިގެން ރައްޔިތުން ތަނަވަސް ވެގެންދާނެ. އިމްރާން މަގާމުން ދުރުކުރާނަން. އަޅުގަނޑު މި ދަންނަވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވާށޭ. ކުރިން މަގާމުން އިސްތިއުފާ ދެއްވުން ބުއްދިވެރި. އޭނާ އެ މަގާމަށް ފިޓެއް ނޫން. ޒާތީކަމެއް ވެސް އޮތީކީ ނޫން. އިމްރާނަށް އަޅުގަނޑު ވަރަށް ގަދަރުކުރަން. އޭނާ ޝޭހެއް ވެއްޖެއްޔާ މުދިންކަން ރަނގަޅީވެސް. ޕާޓީ ހިންގަން ގާބިލް މީހެއް ނޫން އެއީކީ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އިމްރާނަކީ ފެއިލްވެވަޑައިގެންފައި ހުންނެވި ބޭފުޅެއް ކަމަށާއި، އިމްރާން ޖަލުން މިނިވަން ކޮށްދެއްވީ ވެސް އޭނާ ކަމަށެވެ. ނަމަވެސް އިމްރާން ޖަލުން މިނިވަން ކުރެއްވުމުން، އެކަން ކޮށްދެއްވި ޓީމާއި އޭނާ އަށް ވެސް އިމްރާން އިހުތިރާމް ނުކުރެއްވި ކަމަށް ޖާބިރު ވިދާޅުވިއެވެ.
"ރައްޔިތުންނަށް ދޯކާ ދީފައި އެހުރީ. އިސްލާމްދީނަކީ އޭނާގެ މިލްކިއްޔާތެއް ކަމަށް މަރުކާ ޖަހައިގެން އައީމަ ގޯސްވީ. ރައްޔިތުންގެ ގާތުގައި ބުނަން ޖެހޭނެ އަޅުގަނޑުމެން އެންމެންނަކީ ސުންނީ މުސްލިމުންނޭ. އަޅުގަނޑުމެންގެ ދީނަކީ އިސްލާމް ދީންކަން ގާނޫނު އަސާސީގައި އޮންނަން ވޯޓު ދިން މީހާ އަޅުގަނޑަކީ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ކާށިދޫ ދާއިރާއަށް ހޮވިވަޑައިގަތް ފަހުން، އޭނާ ވަނީ ފެއިލްވި ލީޑަރުން އިސްތިއުފާ ދެއްވާ، ފެއިލްވި ޕާޓީތަކުގެ މިނިސްޓަރުން ވެސް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. ޖާބިރު އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި ނަމަވެސް މަސައްކަތް ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައި ކަމަށް ވަނީ ވިދާޅުވެފައެވެ.
ޥެލަޒިނޭ ގެ ފިރިހެން ބްރޭންޑް. ޢަނާރާ އާ އިމްރާން ބޭރުވިޔަސް މަޖިލިހުގައި އިސްލާމް ދީނާ ހިލާފް ކަންކަން ނުކުރެވޭނެ. ޙިތުން ތިތިބީ އެފުރުސަތު ފަހިކޮށްގެންތާ
މިއިންސާނާގެ ސިކުނޑި ހަމަޖެހޭބާ މިކަމާ ދިއާނާ ބުނަނީކީކޭތޯ؟
ޖާބިރު ރަނގަޅީ ހޮޑާދޫ ގަ އެއުޅުނު ގޮތަށް އުޅެން.
ޖާބިރަކަސް އަދި ކޮންމެ ކަހަލަ ބިރަކަސް މާބޮޑަށް އެނގިގެން އެއުޅެނީ.
ދިޔާނާ ފިޓުވަނީ މަށަށް
މީނާމީ ހާދަ ބާރުގަދަ މީހެކޭ..މީނާ ބުނާގޮތުން ނަޝީދާއީ ގާސިމާއި އިމްރާނާއި މައުމޫނާ ވެސް ސަލާމަތްކޮށްދިނީ މީނަ.. އިބޫ ވެރިކަމަށް ގެނައީވެސް މީނަ
ޢިމްރާން އެއީ ބެސްޓް
މީނަ އަކީ ރާއްޖެއައް އަދީބް ދިންގެއްލުމަށް ވުރެ ބޮޑުގެއްލުމެއް ދޭނެ މީހެއް ... ހުންނަވަނީ ހިދުކޮޅުގައި
ދިޔާނާއަކާ އިނދެގެން އުޅޭން ފިޓެއްނޫން ޖާރބިރުވެސް