ފޭދޫއިން ބިއަރު ދަޅުތަކަކާ އެކު ހައްޔަރު ކުރިކަމަށް ބުނާ އެމްޑީޕީގެ އެކްޓިވިސްޓް ދޫކޮށްލައިފިއެވެ.
ރޭ 21:00 ހާއިރު އައްޑޫ ލިންކް ރޯޑުން ބިއަރު ދަޅުތަކަކާއި އެކު ދެ މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތު ލިބިގެން 'ދަ ޕްރެސް' އިން ސުވާލު ކުރުމުން ފުލުހުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، ހައްޔަރު ކުރި މީހުންގެ އުމުރު ނޫން އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރީ 38 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް މިހާރު މި ދެމީހުން ދޫކޮށްލާފައިވާ ކަމަށާއި، އެމީހުން ދޫކޮށްލާފައިވަނީ ބަންދާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށް ކޯޓުން ހުށަހެޅި ޝަރުތުތަކަކާއި އެކުކަމަށް ފުލުހުން ބުނެއެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ބިއަރު ދަޅުތަކަކާއި އެކު ފޭދޫއިން ހައްޔަރު ކުރި އެކަކީ އެރަށު އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ އަބްދުﷲ ރަޝީދު (އައިސީ) ކަމަށެވެ. އައިސީ އަކީ އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މީހެއް ކަމަށާއި އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް ގާތް އަދި ނަޝީދު އެންމެ އިތުބާރު ކުރައްވާ މީހާކަމަށް ވެސް އެމީޑިއާއިން ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން 'ދަ ޕްރެސް' އާއި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވީ އައިސީ ހައްޔަރު ކުރި ވާހަކައިގެ މައުލޫމާތެއް އެފަރާތައް އެނގިފަ ނުވާކަމަށެވެ.
ޢަންނިއާ އެހާގާތްވީމަ ތިޔަ ބިޔަރު ދަޅުތައް ގެންގުޅުނު ކަމަށްވާނީ