ރޯދަ މަހާ ދިމާކޮށް އެސްޓާސް އިން ރޯދަ ސޭލް ފަށައިގެން ކުރިއަށް ގެންދާއިރު މި ޕްރޮމޯޝަން ކުރިއަށް ދާނީ ރޯދަމަހުގެ ފަހު ދުވަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި ސޭލުގައި ސޯފާ، އައިސް އަލަމާރި، ދޮންނަމެޝިން، ރައިސްކުކަރު، ޓީވީ، އޭސީ، ބަދިގެސާމާނުގެ އިތުރުން ބައެއް ފަރުނީޗަރުގެ އަގު ވެސް ވަނީ ވަރަށް ބޮޑުތަން ހެޔޮކޮށްފައެވެ. މި ޕްރޮމޯޝަންގައި ބައެއް މުދާތަކުން ހާހެއްހާ ރުފިޔާ އަގު ހެޔޮވާނެ ކަމަށް އެސްޓާސްއިން ބުނެއެވެ.

މި ޕްރޮމޯޝަން މިހާރު ކުރިއަށް ދާ އިރު ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެސްޓާސްއިން ބުނެއެވެ. ގިނަ އަދަދެއްގެ ބަޔަކު އެސްޓާސް ފިހާރައަށް ޒިޔާރަތްކޮށް މުދާ ގަންނަމުން ދަނީ ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށެވެ. ރޯދަ މަހަކީ އާންމުކޮށް ދިވެހިން، ގޭގައި ކުލަލައި ޒީނަތްތެރިކޮށް، ފަރުނީޗަރާއި ބަދިގޭގައި ގެންގުޅޭ ގިނަ ސާމާނުތައް އާ ކޮށްލަން ބޭނުންވާ ދުވަސް ވަރެކެވެ.

އެސްޓާސް އަކީ މިފަދަ އެކި މުނާސަބަތުތަކާއި ގުޅިގެން އެކިކަހަލަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާ ކުންފުންޏެކެވެ. އެގޮތުން އާ އަހަރާ ދިމާކޮށް ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވާ އިރު ސްކޫލް ހުޅުވެންވާ އިރަށް ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ޕްރޮމޯޝަނާއި އީދު ފަދަ މުނާސަބަތާ ގުޅުވައިގެން ވެސް ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވެއެވެ.