ކޮކާކޯލާގެ ފަރާތުން ކުރިއަށް ގެންދާ ކޮކާކޯލާ މޯލްޑިވްސް ޕްރިމިއާ ލީގް ޕްރޮމޯޝަން 2019 ގެ ތިންވަނަ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

މިހާތަނަށް ޕްރިމިއާ ލީގްގެ މެޗު ބަލާލަން ދާން ތިން ނަސީބުވެރިއަކު ހޮވާފައި ވާއިރު ޑެއިލީ ޕްރައިޒްގެ ގޮތުގައި 19 ނަސީބުވެރިއަކު ވަނީ ހޮވާފައެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު ޕްރިމިއާ ލީގް މެޗަކަށް ދިއުމަށް ނަސީބުވެރިއަކު ހޮވަން ހަމަޖެހިފައި ވާއިރު މެޗު ބަލާލަން ދިއުމަށް ހޮވާ ނަސީބުވެރި ފަރާތަށް ލިބޭ ފުރުސަތަކީ "ޖޯޑަކަށް" ނުވަތަ ދެމީހަކަށް ބައިވެރިވެވޭނެ ފުރުސަތެކެވެ.

އަންނަ މަހުގެ 15 އާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުން ޕްރީމިއާ ލީގް މެޗް ބަލާލުމަށް ގެންދާ ހަތް ނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ނިންމާފައެވެ. މަތިގަނޑު ޕްރޮމޯޝަންގައި ކޮންމެ ރެއަކުވެސް ނަސީބުވެރި ފަރާތެއް ނަގަމުން ދާ އިރު 45 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ދުވަހު ނަގާ ނަސީބުވެރިއަކަށް 43 އިންޗީގެ އެލްއީޑީ ޓީވީއެއް ލިބެއެވެ.

ނިމިގެން ދިޔަ ވޯލްޑް ކަޕްގައި ވެސް އެތައް ދިވެހީންނަކަށް އެ މުބާރާތުގެ މެޗު ބެލުމަށް ރަޝިޔާއަށް ގެންގޮސްފައިވާ އިރު، އޭގެކުރިން ފްރާންސްގައި އޮތް ޔޫރޯއަށް ވެސް ކޮކާކޯލާއިން ވަނީ ގިނަ ދިވެހިންތަކެއް ގެންގޮސްފައެވެ.