ކޮކާކޯލާގެ ފަރާތުން ކުރިއަށް ގެންދާ ކޮކާކޯލާ މޯލްޑިވްސް ޕްރިމިއާ ލީގް ޕްރޮމޯޝަން 2019 އިން، ޕްރިމިއާ ލީގު މެޗެއް ބަލާލުމަށް ގެންދާ ދެވަނަ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

އަންނަ މަހުގެ 15 އާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންއިން ހަތް ނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ނިމިދިޔަ އާދިއްތަ ދުވަހުގެ ރޭ ޕްރީމިއާ ލީގް މެޗް ބަލާލުމަށް ގެންދާ ދެވަނަ ނަސީބުވެރި ފަރާތް ވަނީ ހޮވައިފައެވެ.

މަތިގަނޑު ޕްރޮމޯޝަންގައި ކޮންމެ ރެއަކުވެސް ނަސީބުވެރި ފަރާތެއް ނަގަމުން ދާ އިރު 45 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ދުވަހު ނަގާ ނަސީބުވެރިއަކަށް 43 އިންޗީގެ އެލްއީޑީ ޓީވީއެއް ލިބެއެވެ. އަދި ކޮންމެ ހަފްތާއަކު އެއްފަހަރު ޕްރިމިއާ ލީގް މެޗަކަށް ދިއުމަށް ނަސީބުވެރިއަކު ހޮވައެވެ. މެޗު ބަލާލަން ދިއުމަށް ހޮވާ ނަސީބުވެރި ފަރާތަށް ލިބޭ ފުރުސަތަކީ "ޖޯޑަކަށް" ބައިވެރިވެވޭނެ ފުރުސަތެކެވެ.

ކޮކާކޯލާއަކީ މިފަދަ އަގުހުރި އެތައް ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާ ކުންފުންޏެކެވެ. މިފަދަ ޕްރޮމޯޝަންތަކުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް އެތައް ފުރުސަތުތަކެއް ހޯދައިދެމުންދާ ނަން މަޝްހޫރު ކުންފުންޏެކެވެ. ހާއްސަކޮށް ދިވެހިން އެންމެ ލޯބިކުރާ ކުޅިވަރު، ފުޓުބޯޅައިގެ މުހިންމު ހުރިހާ އިވެންޓުތަކެއްގައި މިފަދަ ފުރުސަތުތައް ކޮކާކޯލާއިން ފަހިކޮށްދެއެވެ.

ނިމިގެން ދިޔަ ވޯލްޑް ކަޕްގައި ވެސް އެތައް ދިވެހީންނަކަށް އެ މުބާރާތުގެ މެޗު ބެލުމަށް ރަޝިޔާއަށް ގެންގޮސްފައިވާ އިރު، އޭގެކުރިން ފްރާންސްގައި އޮތް ޔޫރޯއަށް ވެސް ކޮކާކޯލާއިން ވަނީ ގިނަ ދިވެހިންތަކެއް ގެންގޮސްފައެވެ.