އެސްޓީއޯ އިން ވިއްކާ ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ޑީސަލް ވިއްކާ އަގު ބޮޑުކޮށްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށެވެ. އެހެންކަމުން މި މަހުން ފެށިގެން ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޑީސަލް ލިޓަރަކުން 90 ލާރި ބޮޑު ކުުރުމާއެކު ޑީސަލް ލީޓަރެއް މިހާރު ވިއްކަމުން ދަނީ 10.89ރ އަށެވެ. މިއީ މި އަހަރުގެ ތެރޭގައި ޑީސަލްގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ 14 ވަނަ ދުވަހު އެސްޓީއޯ އިން ޑީސަލްގެ އަގު ހެޔޮ ކުރިއެވެ.

އަގުތަކަށް އައި ބަދަލާއެކު ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 10.89 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން އަންނަނީ ކުރިން ވެސް ވިއްކަމުން އައި 10.19 ރުފިޔާއަށެވެ.