ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓަކުން މިއަދު ހެނދުނު ދެ އަހަރުގެ ކުޑަކުއްޖަކު ވެއްޓި ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތުން ވެއްޓުނު ކުއްޖާ ވަގުތުން ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް، ހޮސްޕިޓަލާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ސާފުވާގޮތެއް ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި ކުއްޖާ ވެއްޓިފައިވަނީ ސްޓެލްކޯ ފްލެޓްގެ 12 ވަނަ ފަންގިފިލާއިންނެވެ.
މިއަދު މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފައިވާއިރު، ދާދި ފަހުން ވެސް އުސް އިމާރާތަކުން 16 އަހަރުގެ ކުއްޖަކު ވެއްޓުމުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.
