ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، 16 އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީ ކުށުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި 27 އަހަރުގެ މީހަކު މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރަށް ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކާއި ޖިންސީ ގޯނާ މައްސަލަތަކުގައި ކުއްޖާގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި، ކުއްޖާގެ ތަފްސީލާއި ހާދިސާ ހިނގި ރަށުގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
