އޫރީދޫ މޯލްޑިވްސްއަށް 21 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން، ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން ބަންގްލަދޭޝްގެ ޑާކާއަށް ދެކޮޅު ޓިކެޓް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.
2026 އޯގަސްޓު 1 ގައި ފާހަގަކުރާ އޫރީދޫގެ 21 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ، އެ ކުންފުނީގެ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ދިނުމަށް ރާވާފައިވާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އޯގަސްޓު މަހުގެ ތެރޭގައި 400 ރުފިޔާއަށްވުރެ މަތިން ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ. މޯލްޑިވިއަންއިން ސްޕޮންސަރުކުރާ މި ޕްރޮމޯޝަނުގެ ދަށުން، އޯގަސްޓު މަހުގެ ތެރޭގައި ކޮންމެ 10 ދުވަހަކުން ނަސީބުވެރިއަކު ހޮވައި، ޑާކާއަށް ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަނުގެ އިތުރުން ވެސް، އޫރީދޫގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގިނަ ކަންތައްތަކެއް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި:
- ހިލޭ 21 ޖީބީ ޑޭޓާ: އޯގަސްޓު 1 ވަނަ ދުވަހު، ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އޫރީދޫ ސުޕާ އެޕްގެ 'ސުޕާ ޑީލްސް' ބައި މެދުވެރިކޮށް ހިލޭ 21 ޖީބީގެ ޑޭޓާ ޕެކެއް ހޯދޭނެއެވެ. މި އޮފާ ހޯދޭނީ އޯގަސްޓު 1 ގައި 1 ދުވަހުގެ މުއްދަތަށެވެ.
- މެލޭޝިޔާ ދަތުރު: މާސްޓާކާޑު ބޭނުންކޮށްގެން 400 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް ދެ މީހުންނަށް މެލޭޝިޔާ ދެކޮޅު ޓިކެޓް ލިބޭނެއެވެ. އަދި މާސްޓަކާޑު ސޭވްކޮށްގެން ނުވަތަ އޮޓޯޕޭ އެކްޓިވޭޓްކޮށްގެން އިތުރު ފުރުސަތުތައް ހޯދޭނެއެވެ.
- ކްލަބް ޕްރިމިއާ އަދި ހުއޯޕަން: އޯގަސްޓު މަހުގެ ތެރޭގައި 1،000 ރުފިޔާއިން ފެށިގެން މަތީގެ ކްލަބް ޕްރިމިއާ ޕްލޭންތަކަށް ބަދަލުވާ ފުރަތަމަ 100 ކަސްޓަމަރުންނަށް 2026 ޑިސެމްބަރު 31 ގެ ނިޔަލަށް ބޭނުންކުރެވޭ 100 ރުފިޔާގެ 'ހުއޯޕަން' އެޕް ޑިސްކައުންޓް ވައުޗަރެއް ލިބޭނެއެވެ.
- ސުޕަނެޓް ހިލޭ އަޕްގްރޭޑްކުރުން: ސުޕަނެޓް އަންލިމިޓެޑް ބޭނުންކުރާ ކަސްޓަމަރުން އިތުރު ޕްލޭނަކަށް އަޕްގްރޭޑްކުރާ ފަރާތްތަކަށް، ފުރަތަމަ ތިން މަސްދުވަހު މިހާރު ދައްކާ މަހުފީގައި އަޕްގްރޭޑްކުރި ސްޕީޑް ލިބޭނެއެވެ.
-
ސުޕަނެޓް އެޑް-އޮން: ސުޕަނެޓް ކަސްޓަމަރުންނަށް އެންމެ 21 ރުފިޔާއަށް، 21 އެމްބީޕީއެސް ސްޕީޑުގައި 7 ދުވަހުގެ މުއްދަތަށް 21 ޖީބީ ލިބޭ ހާއްސަ އަހަރީ އެޑް-އޮންއެއް ލިބެން ހުންނާނެއެވެ.
2005 ވަނަ އަހަރު ޚިދުމަތް ދޭން ފެށީއްސުރެ، އޫރީދޫއިން އަންނަނީ ރާއްޖޭގެ މުއާމަލާތުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެމުންނެވެ. ރާއްޖޭގެ ފުރަތަމަ 3ޖީ، 4ޖީ އަދި 5ޖީ ނެޓްވޯކުން ފެށިގެން، ދުނިޔޭގެ ފެންވަރުގެ ސަބްމެރިން ކޭބަލްތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދޭ ޚިދުމަތްތަކާ ހަމައަށް، އޫރީދޫ އޮތީ ރާއްޖެ ޑިޖިޓަލްކޮށް ގުޅާލުމުގެ އިސް ސަފުގައެވެ.
މިއަދު އޫރީދޫގެ އަމާޒަކީ "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރުގެ ދަށުން އިގުތިސާދު ވަރުގަދަކޮށް، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ވިޔަފާރިތަކާއި ފަރުދުން ބާރުވެރިކުރުވުމެވެ.
