ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދަން ކުރިއަށް ގެންދާ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށްނިޔާވި ސިފައިންގެ ޑައިވަރު، ސްޓާފް ސާޖެންޓް މުހައްމަދު މަހުދީގެ ޖަނާޒާ މިރޭ ބާއްވާނީ ސިފައިންގެ ރަސްމީ އިއްޒަތުގައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހިންގަމުންދާ ނުރައްކާތެރި ހައި-ރިސްކް އޮޕަރޭޝަނުގައި މިއަދު ކަނޑުގެ އަޑިއަށް ޑައިވްކޮށް އުޅުމުގެ ތެރޭގައި ހާލު ދެރަވެގެން ކުއްލި ފަރުވާއަށް މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވެއްޖެ.
މައްޔިތާއަށް ޒިޔާރަތް ކުރުން މިރޭ 19:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާއިރު ކަށު ނަމާދު އޮންނާނީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ.
އެމްއެންޑީއެފް އިން މަހުދީގެ ޖަނާޒާގައި ވީހާ ގިނަފަރާތްތަކުން ބައިވެރިވުމަށް އެދިފައިވާއިރު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ މެންދުރުފަހު އެ ސަރަހައްދަށް ވަޑައިގަތުމުން މަހުދީވަނީ ބްރީފިންގައި ވެސް ބައިވެރިވެފައެވެ.
