މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯންޏެއްގައި އަލިފާން ރޯވި ހާދިސާގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.

އެ ހާދިސާގައި ބަންގްލަދޭޝް މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އެމީހާ މާލެ ގެނެސް އިތުރު ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައެވެ. މި ހާދިސާގައި މަރުވެފައިވަނީ ތެޔޮ ދޯނީގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 40 އަހަރުގެ ޑެލޯވާއެވެ.

އެކަން އައިޖީއެމްއެޗް އިން ވަނީ ކަށަވަރު ކޮށްދީފައެވެ. އައިޖީއެމްއެޗްހެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނީ ޑެލޯވާ ނިޔާވެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ފީއަލީ ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެ އެ އަލިފާންގަނޑު އިތުރަށް ފެތުރި ހަތަރު ދޯންޏަކާއި އެރަށު އައިސްޕްލާންޓު ވަނީ އަނދާފައެވެ. ހަަމައެއާއެކު ފީއަލީ ފިއުލް ޝެޑްގެ ބައެއްގައި ވެސް އަލިފާން ރޯވެފައި ވެއެވެ. އަލިފާނުގައި އަނދާ އަޅިއަށްވި އައިސްޕްލާންޓަކީ މިދިޔަ އަހަރު އޮޕަރޭޝަނަށް ގެނައި އައިސްޕްލާންޓަކަށްވާއިރު އެ ޕްލާންޓުގެ ކެޕޭސިޓީއަކީ 25 ޓަނެވެ. ފުލުހުން ބުނިގޮތުގައި، މި އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ފީއަލީ ފަޅުތެރޭގައި އޮތް ތެޔޮ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ހުޅު ހިފައިގެންނެވެ. އެ ބޮޑު އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ތިން ގަޑިއިރު ހޭދަވިއެވެ.