އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ލަމްއާން އިސްތިއުފާދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަމްއާން އިސްތިއުފާ ދެއްވާފައިވަނީ ދައުލަތުގެ އެހެން ކުންފުންޏެއްގެ އިސް މަގާމަކަށް އޭނާ އައްޔަންކުރުމަށެވެ.

އެމްއެސީއެލްގެ ޑީއެމްޑީއަކަށް ލަމްއާން އައްޔަން ކުރައްވާފައިވަނީ ފެބްރުއަރީ 1، 2024 ގައެވެ.

ލަމްއާން އިސްތިއުފާ ދެއްވުމާއެކު އެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ.

ލަމްއާން އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.