މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ އަމާން / ލ.ހިތަދޫ، އަހުމަދު ހަމްޒާން (21އ) ކަމަށެވެ.
ފުލުހުން ބުނީ ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު އޭޕްރީލް 21 ވަނަ ދުވަހުގެ 15:42 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ފުލުހުން އެޓެންޑްވެ އެ މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށެވެ.
ނަމަވެސް ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އެ ޒުވާނާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
