ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.
ވަޒީރުންގެ މަޖިލީހަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ މިއަދު 10 މިނިސްޓަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ރައީސް އޮފީހުން ބުނީ، 10 ވަޒީރުން ހުށަހެޅުއްވި އިސްތިއުފާގެ ސިޓީތައް ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވާފައިވާކަމަށެވެ. އަދި މި ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ އާ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މިއަދު އިސްތިޢުފާ ދެއްވި ވަޒީރުންނަކީ:
މުހައްމަދު ގައްސާން މައުމޫން - މިނިސްޓާ އޮފް ޑިފެންސް
ޑރ އަބްދުﷲ ހަލީލް - މިނިސްޓާ އޮފް ފޮރިން އެފެއާޒް
އަބްދުﷲ ނާޒިމް އިބްރާހީމް - މިނިސްޓާ އޮފް ހެލްތު
ތޯރިގު އިބްރާހީމް - މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވާރަންމަންޓް
ޑރ އާއިޝަތު ޝިހާމް - މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
އާދަމް ނަސީރު އިބްރާހީމް - މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް
ޑރ މަރްޔަމް މާރިޔާ - މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
އިބްރާހީމް ވަހީދު - މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
އާދަމް ޝަރީފު އުމަރު - މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް
ޑރ އަލީ ހައިދަރު އަހްމަދު - މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން، ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ވަޒީރުންގެ މަޖިލީހަށް އައްޔަންކުރައްވާ ބޭފުޅުންނަށް ރުހުން ހޯދުމަށްޓަކައި އެ ބޭފުޅުން އައްޔަންކުރައްވާތާ 7 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވަން ޖެހެއެވެ.
