މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިގު އިބްރާހީމް އިސްތިއުފާ ދެއްވައިފިއެވެ.

މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވާރަމަންޓް ތޯރިގު އިބްރާހީމް އިސްތިއުފާ ދެއްވައިފިއެވެ.

ސަރުކާރުގެ އެކި ދާއިރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ތޯރިގު އިބްރާހީމް ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް މީގެ ކުރިން މަސައްކަތް ކުރައްވާފައެވެ. ހަމައެހެންމެ، މޯލްޑިވްސް އެނާޖީ އޮތޯރިޓީ އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަނިން ބޯޑުގެ މެންބަރުކަން ވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

ތިމާވެށީގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އަކީ ވެސް ތޯރިގު އިބްރާހީމް އިސްވެ ހުންނަވައި އުފެއްދެވި ޖަމިއްޔާއެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޓޫރިޒަމް އެންޑް އެންވާރަމަންޓް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ކުރީގެ ސަރުކާރެއްގައި ވެސް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ތޯރިގު ވަނީ މިނިސްޓާ އޮފް އެންވާރަމަންޓް އެންޑް އެނާޖީގެ މަގާމު ފުރުއްވާފައެވެ.

މިނިސްޓަރު ތޯރިގު އިބްރާހީމް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ސަރުކާރުގެ ފަރާތުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.