ލޯކަލް ކައުންސިލް އިންތިހާބުގެ މިހާތަނަށް ގުނި ފޮށިތަކުން ކުރީގައި އުޅެނީ މިހާރުވެސް ފުވައްމުލަކު މޭޔަރުކަން ކުރައްވަމުންދާ އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް ރަފީގުއެވެ.
މިއަދު ހެނދުނު 8:00 އިން ހަވީރު 05:00 އަށް ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮށިތައް ގުނުމަށްފަހު ވަގުތީ ނަތީޖާ އިއުލާން ކުރަމުންދާއިރު މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ފުވައްމުލަކު މޭޔަރު އިންތިހާބުގައި މިހާތަނަށް ލިބުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ރަށު މޭޔަރުކަން ކާމިޔާބު ކުރައްވަނީ މިހާރުގެ ވެސް މޭޔަރު އެމްޑީޕީގެ އިސްމާއިލް ރަފީގު އެވެ.
މީގެ އިތުރުން ވެސް ގިނަ ސިޓީތަކުގެ މޭޔަރުކަމަށް ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީއެވެ. އަދި ހަމަ އެހެންމެ ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދެއް ނުކުރެއެވެ. ބައެއް ރަށްރަށާއި ރިސޯޓުތަކުގައި ބަހައްޓާފައިވާ ވޯޓުފޮށިތަކުގެ ނަތީޖާ ލިބެމުންދާއިރު މި ނަތީޖާއަށް ބަދަލު އަންނާނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރު އިންތިހާބުގައި މިހާތަނަށް ލިބުނު ނަތީޖާތަކުން ކުރީގައި އުޅުއްވަނީ އިދިކޮޅު އެމްޑީޕީއެވެ.
