މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓުގައި މާލޭގެ މޭޔަރު ކަަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވޯޓު ލައްވައިފިއެވެ.
މޫސާ ޖަލީލް ވޯޓު ލައްވާފައި ވަނީ ކަލާފާނު ސުކޫލުގައި ހުރި ވޯޓު ފޮށްޓަށެވެ.
އިންތިހާބުގެ ވޯޓުލުން ހެނދުނު 8 ޖެހިއިރުން ފެށިގެން ކުރިއަށްދާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މެޑަމް ސާޖިދާވެސް ވަނީ ވޯޓު ލައްވާފައެވެ. ތާޖުއްދީން ސްކޫލަށް ރައީސް ވޯޓު ލައްވާފައިވާއިރު މެޑަމް ވޯޓު ލައްވާފައިވަނީ އަމީނިއްޔާ ސުކޫލަށެވެ.
މިއަދުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 2961 ކެންޑިޑޭޓުން ޖުމްލަކޮށް ވާދަކުރެއެވެ.
މިހާރު ކުރިއަށްދާ އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
