ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ނިންމާ ހިނގާލުން އިދިކޮޅު އެމްޑީޕީއިން ފަށައިފިއެވެ.
އެމްޑީޕީގެ މި ހިނގާލުން ފަށާފައިވަނީ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުންނެވެ.
މިހިނގާލުމުގައި އެމްޑީޕީގެ އިސް ލީޑާޝިޕްގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ލޯކަލް ކައުންސިލާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެ އިތުރުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ކެންޑިޑޭޓުން އިސްސަފުތަކުން ފެނިގެންދެއެވެ.
މިހިނގާލުމުގައި ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުންވެސް ދަނީ ބައިވެރިވަމުންނެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުން ފެށި މި ހިނގާލުން ކުރިއަށް ދަނީ އަމީނީމަގުންނެވެ.
މިހިނގާލުމުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމާއި ރިފަރެންޑަމް ވޯޓަށް ނޫނެކޭ ބުނަން ދަނީ ގޮވާލަމުންނެވެ.
