އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ނައިބު ރައީސް، އަމީޒް ހަސަން އެ ޕާޓީން ސަސްޕެންޑުކޮށް، މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަމީޒް ސަސްޕެންޑުކޮށްފައި ވަނީ އެ ޕާޓީގެ ކެންޑިޑޭޓުންނާއި ދެކޮޅަށް އެދާއިރާގައި މަސައްކަތް ކުރާކަމުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ކަމަށެވެ.

އެހެންކަމުން މައްސަލަ އާއިމެދު ވަކިގޮތެއް ނިމެންދެން އަމީޒް ހުރި ޕާޓީގެ މަގާމުގެ މަސްއޫލިއްޔަތްތަކުންނާއި، ޕާޓީގެ ހަރަކާތްތަކުން ވަގުތީގޮތުން އެކަހެރިކުރަން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މިނިންމުން ނިންމާފައިވަނީ ބައްދަލުވުމަށް ހާޒިރުވި 2 މެންބަރުންގެ އަގުލަބިއްޔަތުން ކަމަށްވެސް އެ އެންގުމުގައި ވެއެވެ.

ފިޔަވަޅު އަޅާ ކޮމިޓީއަށް މި މައްސަލަ ހުށަހަޅާފައިވަނީ ވިލިނގިލި ދާއިރާ ރައީސް ހުސައިން ހަސަނެވެ.