އެމްޕީއެލް އާ ދިމާ ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށާއި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން ފަރުވާދެމުން އެބަގެންދެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ މިއަދު ދުވަހުގެ ހެނދުނު 10:39 އެހާއިރު ކަމަށެވެ.

ލޯންޗުގެ ކެޕްޓަނަށް ފަރުވާދެމުން ގެންދަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށާއި އޭނާއަސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ބުނެއެވެ.

އެކްސިޑެންޓް ހިނގި އިރު ލޯންޗްގައި ތިބީ ކެޕްޓަންގެ އިތުރުން 3 ފަޅުވެރިންނެވެ. މި އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ފުލުހުން ބުނެއެވެ.