ތާޖުލް މަސާޖިދަކީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބޮޕާލް ސްޓޭޓްގައި ހުންނަ ދިއޯބަންދީ ހަރަކާތުގެ ބައެއް ކަމަށްވާ ތަބްލީގީ ޖަމާއަތާ ގުޅިފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އެއްފަހަރާ 175،000 މީހުންނަށް އަޅުކަން ކުރެވޭ އިރު މިއީ އިންޑިއާގެ އެންމެ ބޮޑު މިސްކިތެވެ. އަދި މި މިސްކިތަކީ 2014 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ނުވަވަނައަށް އެންމެ ބޮޑު މިސްކިތެވެ.

މި މިސްކިތުގެ އެންމެ ހާއްސައެއް ކަމަކީ މިސްކިތުގެ މަސައްކަތް ނިންމުމަށް ގަރުނަކަށް ވުރެ ގިނަ ދުވަސް ހޭދަވިއިރު މިސްކިތް ބިނާކުރުމުގެ ފަހަތުގައިވާ ތަފާތު ތާރީހެވެ. މި ވާހަކަ ފަށަނީ މުގަލަ ޒަމާނަށް (1526-1857) އިންޑިއާގައި މުގަލަ ސްޓައިލްގެ އާކިޓެކްޗަރަލް މަސައްކަތުގެ ދުވަސްވަރަށެވެ. އެ ދުވަސްވަރު އިސްލާމްދީނު އުނގަންނައިދީ ދީން ފެތުރުމަށް މުސްލިމް ވެރިން ވަނީ ގިނަ އަދަދެއްގެ މިސްކިތްތަކާއި މަދަރުސާތައް ބިނާކޮށްފައެވެ.

ތާޖުލް މަސާޖިދުއެގޮތުން ތާޖުލް މަސާޖިދު ހެދުމުގެ މަސައްކަތް ފެށީ، ބޮޕާލްގެ ނަވާބް ޝާހް ޖަހާން ބެގަމްއެވެ. މި މިސްކިތް އިމާރާތް ކުރަން ފެށި އަހަރަކީ 1857 ވަނަ އަހަރު ކަމަށް ލަފާކުރެވެއެވެ. މި މިސްކިތް ބިނާކުރުމަށް ފުރަތަމަ ނިންމި ތަނުގައި ފައްޅިއެއްގެ ބައެއް ހުރުމުން މިސްކިތް ބިނާކުރަން އެހެން ސަރަހައްދެއް ހަމަޖެއްސިއެވެ.

ޝާހްޖަހާން ބެގަމްގެ ހުށަހެޅުންތަކާ އެއްގޮތަށް މިސްކިތުގެ އެއް ގޭޓް ފަރުމާކުރުމަށް ހަމީދުالله ހާން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި މިސްކިތުގެ ސްޓްރަކްޗާ ތައްޔާރުކޮށްފައިވަނީ މުންޝީ ހުސައިން ތަލަބް، ނޫރު މަހާލް ތަލަބް އާއި އަދި މޮޓިއާ ތަލަބްއެވެ، މި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތުގައި ފަހުން އިސްކޮށް ހަރަކާތްތެރިވީ އިސްލާމީ އިލްމުވެރިޔާ އިމްރާން ހާން ނަދުވީ އެވެ. އަދި އިމާރާތްތައް ސުޕަވައިޒް ކުރެއްވީ އޭނާގެ ބޭބެ ސަލްމާން ހާން ނަދުވީއެވެ.

ތާޖުލް މަސާޖިދު1901 ވަނަ އަހަރު ޝާހްޖަހާން ބެގަމް އަވަހާރަވުމަށްފަހު، މިސްކިތް ބިނާކުރަމުގެ މަސައްކަތް ކުރިއަށް ދިޔައީ އެކަމަނާގެ ދަރިކަނބަލުން ސުލްތާން ޖަހާން ބެގަމްގެ ބެލުމުގެ ދަށުންނެވެ. އެހެންނަމަވެސް މިސްކިތް ނިންމުމަށް ބޭނުންވާ ފަންޑު ނެތުމާ ގުޅިގެން ވަކި ހިސާބަކުން މިސްކިތުގެ މަސައްކަތް ހުއްޓުނެވެ.

ތާޖުލް މަސާޖިދު

ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް މަސައްކަތެއް ނުކޮށް ހުރުމުގެ ސަބަބުން މިސްކިތް ވަރަށް ބޮޑަށް ހަލާކުވެ މިސްކިތުގެ ފުރާޅާ، ގޯތިތެރޭގައި ވާ ވަޅުގަނޑާ، މުންނާރުތަކައްވެސް ގެއްލުންވިއެވެ. މި މިސްކިތުގެ މަސައްކަތް އަލުން ފަށާފައިވަނީ 1971 ވަނަ އަހަރު އިންޑިއާ އާއި އެ ގައުމުން ބޭރުގެ މުސްލިމު ޖަމާއަތްތަކުން ދިން އެހިތެރިކަމާއެކުގައެވެ. މިސްކިތުގެ މަސައްކަތް އެއްކޮށް ނިމުނީ 1958 ވަނަ އަހަރުގަ އެވެ. މި މިސްކިތް އިމާރާތްކުރުމަށް އިންޑިއާގެ 20 މިލިއަން ރުފިޔާ ރުޕީސްވަނީ ހަރަދުކޮށްފައިވެއެވެ. މިސްކިތުގެ އެންޓްރެންސް މަރާމާތު ކޮށްފައިވަނީ 13 ވަނަ ގަރުނުގެ ސީރިޔާގެ މިސްކިތްތަކުގެ މޮޓިފްތަކުންނެވެ. މިއީ ކުވައިތުގެ އަމީރު އޭނާގެ މަރުހޫމް އަނބިކަނބަލުންގެ ހަނދާނުގައި ކުރި ހަދިޔާއެކެވެ.

ތާޖުލް މަސާޖިދުގެ ނަމާދުކުރާ މައި ހޯލު

ތާޖުލް މަސާޖިދުގެ ނަމާދުކުރާ މައި ހޯލުމުގަލް އާކިޓެކްޗާގެ ކްލާސިކް އިލްސްޓްރޭޝަންއެއް ކަމަށްވާ ތާޖުލް މަސާޖިދު ބިނާކޮށްފައިވަނީ ރަތްކުލައިގެ ވެލިންކަމަށްވުމުން، މިސްކިތުގެ ބޭރު ފާރުތަކަށް ރީތި މަޑު ފިޔާތޮށި ކުލައެއް ފެނިގެން ދެއެވެ. މިސްކިތުގެ ރީތިކަން އިތުރުކޮށްދެނީ ދެ ފަރާތުގައިވާ ހުދު ކުލައިގެ އުސް ދެ މުންނާރާ ފުރާޅުގައިވާ ހުދު ކުލައިގެ ބޮޑު ތިން މުންނާރުންނެވެ. މީގެ އިތުރުން މިސްކިތުގެ ބޮޑު ގޯތިތެރެ އާއި އެތަނުގައި ހަދާފައިވާ ބޮޑު ފެންގަނޑަށް ބަލާލުމުންވެސް މިސްކިތުގެ ޖާގައިގެ ތަނަވަސްކަން ހާމަވެގެން ދެއެވެ.