އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފިއެވެ.
ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާ، ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ 34 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ، ޗައިއޮން ނަމަކަށް ކިޔާ މީހަކު ގެންގުޅުނު ވޭޕްތަކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވާގެ އިތުރުން ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު އަތުލައިގަތް މި ތަކެތި މިއަދު ދޫނިދޫގައި ނައްތާލާފައިވާއިރު މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި ޗައިއޮން، ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
