ކަނޑުމަގުން ގެނައި މުދާ ޝިޕްމަންޓެއްގައި ރާއްޖެއަށް އެތެރެކުރަން އުޅުނުް 36.43 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއް މި މަހުގެ 12 ވަނަ ދުވަހު ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެތަކެތި ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ވަނީ ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
އެތަކެތީގެ ބަރުދަނުގައި 36.43 ކިލޯ ހުރިކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ޕެކެޓްތަކެއްގައި ބަންދުކޮށްގެން މުދާ ޝިޕްމަންޓެއްގައި އެތެރެކުރަން އުޅުނު ހަޝިޝް އޮއިލްގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
މި ތަކެތި އަތުލައިގެންފައި ވަނީ، މާލެ ކޮމާޝަލް ހާބަރުގައި ކަނޑުމަގުން އތރެކުރި މުދާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. މި މައްސަލަ ތަހުގީގު ކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ފުލުހުންނަށް ހަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
