މާޅެ ސަރަހައްދުގައި ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މާލެ ސަރަހައްދުގައި ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި މީހަކަށް ބޮޑު އަނިޔާއެއް ނުވި ނަމަވެސް ލޯންޗަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް އެ ހާދިސާ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.
މި ހާދިސާގައި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ވީޑިއޯއިން ފެންނަ ފެނުމަށް އެއް ލޯންޗުގެ އަރި މައްޗަށް ވަނީ ވަރަށް ބޮޑަށް ގެއްލުންތަކެއް ލިބިފައެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.
