ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ތަރައްގީކޮށްފައިވާ 4،000 ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ ފަންނީ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓު ދިނުމަށްޓަކައި އެ ކުންފުނިން ކުރިއަށްގެންދިޔަ އެންމެހާ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ.
މި މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ފުރިހަމަކޮށްފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މި މަސައްކަތް ނިމުމަކީ ފްލެޓްތަކަށް ވަނުމަށް ތައްޔާރުވަމުންދާ އާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަމަށާއި އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރު ހުރި ކަރަންޓުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
