ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކެމްޕެއިން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އައްޔަން ކޮށްފިއެވެ.
އެމްޑީޕީން ބުނީ ކުޑޫ މެނޭޖަރަކަށް އައްޔަން ކޮށްފައިވާ އިރު، ޑެޕިއުޓީ މެނޭޖަރުންނަށް އައްޔަން ކޮށްފައި ވަނީ ހުޅުމާލެ ދާއިރާ ކުރީގެ މެންބަރު އަލީ ނިޔާޒު އާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަަބުދުއްﷲ ކަމަށެވެ.
އަދި ތަރުޖަމާނަކަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު/ދިއްދޫ ދާއިރާގެ ރައީސް އަބުދުއްﷲ ވަހީދު އައްޔަންކޮށްފައިވާ ކަމަށާއި ތަރުޖަމާނުގެ ނައިބަކަށް ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން އައްޔަންކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންިސލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް ތައްޔާރީތައް ވަމުން އަންނަ އިރު މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބާއްވައި ދާއިރާތަކުން ވާދަކުރާ ކެންޑިޑޭޓުން ވަނީ ހޮވާފައެވެ. އެ ގޮތުން އެ ޕްރައިމަރީގެ ނަތީޖާ ދައްކާ ގޮތުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަ ކުރައްވާނީ މިހާރު ވެސް މޭޔަރު ކަމުގައި ހުންނެވި އާދަމް އާޒިމެވެ.
