މިހާރު ރެހެންދި ދަނޑުގައި ކުރިއަށްދާ ފޯރިގަދަ ގޯލްޑަން ފުޓްސަލް މުބާރާތުގައި އުރީދޫ މޯލްޑިވްސްއިން ހާއްސަ އޮން-ސައިޓް ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ސުޕާނެޓް، ޕޯސްޓްޕެއިޑް އަދި 5ޖީ އެއާފައިބާގެ ހިދުމަތް 400 ރުފިޔާއިން މަތިން ގަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ހާއްސަ ގުރަކުން ހޮވޭ ނަސީބުވެރިއަކަށް އިނާމެއް ލިބިގެންދާނެކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

  • ޓީވީ
  • ސޯފާ
  • ފްރިޖް
  • މައިކްރޯވޭވް
  • ތެލި ސެޓު
  • ކޮންސިއާޖް ގްރޫޕްގެ ފަރާތުން މެލޭޝިއާއަށް ދެކޮޅު ޓިކެޓް

މި ޕްރޮމޯޝަނަކީ އުރީދޫއިން ތަފާތު އިވެންޓްތަކާއި ތަޖުރިބާތައް މެދުވެރިކޮށް މުޖުތަމައާ ގުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ރެހެންދި ޓާފުގައި ބެހެއްޓިފައި ހުރި އުރީދޫ ޓެންޓަށް ޒިޔާރަތް ކުރުމަށް އުރީދޫ އިން ވަނީ އެދިފައެވެ.

މި ޕްރޮމޯޝަން ކޮންމެ ހަފްތާއަކު ކުރިއަށްދާއިރު، ކޮންމެ ހަފްތާއަކުވެސް އާ ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.