އެކިއެކި ހަފްލާ ނުވަތަ ހަރަކާތްތަކަށް ބޭނުން ކުރުމަށް ހުޅުމާލޭގެ ސަރަހައްދުތައް ދޫކުރާ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ،އެކިއެކި ހަފްލާ ނުވަތަ ހަރަކާތްތަކަށް ބޭނުން ކުރުމަށް ހުޅުމާލޭގެ ސަރަހައްދުތައް ދޫކުރާ އުސޫލު މުރާޖައާކޮށް ބަދަލު ގެނެސްފައިވާ ކަަމަށެވެ. އެގޮތުން ސަރަހއްދުތައް ކަނޑައަޅާފައިވާ ކުލި މުރާޖައާކޮށް ޖަދުވަލު 3 ބަދަލު ގެނެސްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެގޮތުން އެ ލިސްޓްގައިވާ ތަންތަނަށް ބަލާއިރު މުޅި ސެންޓްރަލް ޕާކް، 287،712 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 17،263 ރުފިޔާއަށެވެ. ސެންޓަރަލަ ޕާކް މަގު އޭ، 16،202 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 972 ރުފިޔާއަށް ކަމަށްވާއިރު، ސެންޓަރަލަ ޕާކް މަގު ބީ، 19،877 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 1193 ރުފިޔާއަށެވެ.
ހަމައެއާއެކު ސެންޓަރަލަ ޕާކް މަގު ސީ، 71،734 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 4304 ރުފިޔާއަށް ކަމަށްވާއިރު، ސެންޓަރަލަ ޕާކް މަގު ޑީ، 35،272 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 2116 ރުފިޔާއަށެވެ. އަދި ސެންޓަރަލަ ޕާކް މަގު އީ، 35،272 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 2116 ރުފިޔާއަށް ކަމަށްވާއިރު، ސެންޓަރަލަ ޕާކް މަގު އެފް، 10،602 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 636 ރުފިޔާއަށެވެ. މީގެ އިތުރުން ސެންޓަރަލަ ޕާކް މަގު ޖީ، 98،753 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 5925 ރުފިޔާއަށެވެ.
ހުޅުމާލެއިން އިތުރަށް ކުއްޔަށް ދޭ ތަންތަނަށް ބަލާ އިރު، ފެރީ ޓާމިނަލް ޕާކް، 10،982 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 659 ރުފިޔާއަށް ކަމަށްވާ އިރު، ފެރީ ޓާމިނަލް ޕާކް އޭ، 5257 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 421 ރުފިޔާއަށެވެ. އަދި ފެރީ ޓާމިނަލް ޕާކް ބީ، 5725 އަކަފޫޓްގެ ސަރަހައްދު ކުއްޔަށް ދޫކުރާ އަގަކީ ގަޑި އިރަކަށް 458 ރުފިޔާއަށެވެ.
އެޗްޑީސީން އެކިއެކި ހަފްލާ ނުވަތަ ހަރަކާތްތަކަށް ބޭނުން ކުރުމަށް ހުޅުމާލޭގެ ސަރަހައްދުތައް ދޫކުރާ އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އަގު ނެގުމަށް ވެސް ވަނީ ބަދަލުތަކެއް ގެނެފައެވެ.
އެގޮތުން އެ ހަރަކާތުގެ މުއްދަތު ތިން ދުވަހަށް ވުރެ އިތުރުވާ ނަމަ، ސެޓްއަޕް ހަދާ ތަން ސާފު ކުރުމަށް ނަގާ ދުވަސްތަކަށް ހަތަރު ދުވަހަށް ވުރެ އިތުރު ނުވާނެހެން ދުވަހު ކުލިން 50 ޕަސެންޓަށް ކުޑަކުރުމުގެ އިހްތިޔާރު އެ ކޯޕަރޭޝަނަށް ލިބިގެންވާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. ހަމައެއާއެކު 6 ގަޑިއިރަށް ވުރެ އިތުރަށް ސަރަހައްދު ކުއްޔަށް ހިފާ ކަމުގައިވާ ނަމަ، ސަރަހައްދު ދޫކުރެވޭނީ 24 ގަޑިއިރަށް އެތަނެއް ކުއްޔަށް ދޭ ރޭޓުގައެވެ.
