މޯލްޑިވްސް ޓްރާންސްޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)އިން "ކަށަވަރު ޕްރޮމޯ 2025" އިފްތިތާހު ކޮށްފިއެވެ.

މި ޕްރޮމޯ ފައްޓަވައިދެއްވީ، ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ކުންފުނީގެ ސީއީއޯ ސިނާން އަލީ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 ޑިސެމްބަރު 2025ގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ މަގުސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމެވެ. އެގޮތުން މިޕްރޮމޯގެ ދަށުން ޑިސްކައުންޓް ލިބޭނެ ޕްރޮޑަކްޓްތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއ،ި ޕީޕީޖ،ީ ކާސްޓްރޯލް، އިންޑަސްޓްރިއަލްގޭސް، ސްޕެއާ ޕާޓްސް މެރޯލް ސްޓީއަރިންގ ސިސްޓަމް އަދި ނަކަޝީމާ ޕްރޮޕެލާ އެވެ.

މި ޕްރޮމޯގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ ޑީއެފް 9.9 ގެ އިންޖީނެއް ލިބުމުގެ ފުރުސަތު ލިބޭއިރު އިންޖީނާއެކު، ހަދިޔާ ޕެކޭޖެއްވެސް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. "ކަށަވަރު ޕްރޮމޯ 2025" އަމާޒުކޮށްފައިވާނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނިއަރުންނާއ،ި ފަތުރުވެރިކަމާއި އަދިޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެތެރޭގައ،ި ގއ. ގދ. އަދި ށ. އަތޮޅަށް ޒިޔާރަތް ކުރުމާއި ކ. އަތޮޅުގެ ބަނދަރުތަކާއި ބޯޓްޔާޑް ތަކުގައި ޕްރޮމޯޝަނަލްއިވެންޓްތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

"ކަށަވަރު ޕްރޮމޯ 2025" ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށްވާއިރު ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަންތައް ބޭއްވުމާއ،ި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުނ،ް އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއ،ި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް މި ކުންފުނިން އަބަދުވެސް ރާވައި ހިންގަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.