ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު މި ހިދުމަތް ފަށަން ހަަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ. އެގޮތުން މި ދެ އަތޮޅު އާރްޓީއެލްގެ ވިއުގައިން ގުޅުވާލުމަށް ކަނޑައަޅާފައިވާ 2 ރަށަކީ ނ. މަނަދޫއާއި ރ. އުނގޫފާރެވެ.

މި ހިދުމަތް ދިނުމަށް ބޭނުންކުރާނީ 32 ޕަސިންޖަރުންގެ ޖާގައިގެ ފެރީއަކަށްވާއިރު، މި ފެރީގެ 2 ސީޓު އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށްބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްފައި ވެއެވެ.

ރ. އަތޮޅާއި ނ. އަތޮޅާއި ދެމެދު އާރްޓީއެލް ފެރީ ހިދުމަތް ފެށުމާއެކު، މި ދެއަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި މަންފާތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ފެރީގެ ޓިކެޓް ނަގަން ބޭނުންނަމަ ކުންފުނިން ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ނެގޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕްސްޓޯ އަދި ގޫގްލް ޕްލޭ-ސްޓޯއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް ވެއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ޖުމްލަ 12 އަތޮޅެއްގައި ދެމުންދެއެވެ. އެއ،ީ ޒޯން 1 ގެ ހއ،. ހދ،. ށ. އާއ،ި ޒޯން 2 ގެ ނ،. ރ. ބ. ޅ. އާއ،ި ޒޯން 4 ގެ ތ. އާއި ޒޯން 5 ގއ،. ގދ. އަދި ޒޯން 6 ގެ ޏ،. ސ. އަތޮޅެވެ. ހަމައެހެންމ،ެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ލަފާގެ މަތިން ބާކީ 8 އަތޮޅުގައިވެސް އާރްޓީއެލް ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އެމްޓީސީސީން ކުރަމުންދެއެވެ.

އެމްޓީސީސީން ބުނީ، އާރްޓީއެލް ފެރީ ހިދުމަތުގެ ޝެޑިއުލް ކުންފުނީގެ ވެބްސައިޓު އަދި އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ލިބުމުގެ އިތުރުން ހިދުމަތާއިބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ ކުންފުނީގެ ހޮޓްލައިން 1650 މެދުވެރިކޮށް ލިބޭނެ ކަމަށެވެ.