މާލޭގެ މާފަންނުގައި ހުންނަ ގެއެއްގައި އަންހެނަކު ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާ ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކ. މާލެ، ހ.ފޯސީޒަން އަހްމަދު އާހިލް މުނާޒް (19އ) ކަމަށެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށށް ގެންގޮސްފައި ވާއިރު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި އެ އަންހެން މީހާއަށް ޖިސްމާނީ އަނިޔާ ކޮށްފައިވާ ކަަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލަ އާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.