ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެއެވެ.
ފުލުހުން ބުނީ، މީހަކު ވެއްޓިފައި ވަނީ ހިޔާގެ 8 ވަނަ ޓަވަރުން ކަމަށެވެ. ވެއްޓުނީ ފިރިހެނެއް ކަމަށާއި އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައި ވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މަރުވެފައި ވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެއެވެ.
އޭނާ ވެއްޓިފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާއިރު ވެއްޓިފައި އޮތް އިރު ގިނަ އަދަދެއްގެ ލޭ އައިސްފައި ވެއެވެ.
