ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި 57 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ ފަރުވާ ދެމުންދާ ކަަމަށް ފުލުހުން ބުނެފިއެވެ.

މިއަދު އިރުއޮއްސި 6:48 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެއިން މާލެއަށް އަންނަ ހައިވޭ މަގުގައެވެ. ފުލުހުން ބުނީ، ހައިވޭއިން ދުއްވާފައި އައި ސައިކަލެއް ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެފައިވާ އިރު، އެއީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ބުނެއެވެ. އެމީޙާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ހާމަކުރަމުން ފުލުހުން ބުނީ، އެމީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި އަތަށް އަނިޔާވެފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.