މާލޭގެ ބޮޑުތަކުރުފާނު މަގު، އުސްފަސްގަނޑު ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ދަރުބާރުގެ ކައިރީގައި ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް މިއަދު ހަވީރު ހަތަރެއް ޖަހާކަން ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައި ވެއެވެ. އަދި އެއީ ފިރިހެނެއް ކަމަށް ވެއެވެ.

ނަމަވެސް މި ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ. އަދި ނިޔާވެފައި ވަނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ވެސް ސާފެއް ނޫނެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ނިޔާވި މީހާގެ ބޯ ފަޅައިގެން ގޮސް ސިކުނޑި އޮތީ ބޭރަށް ނުކުމެފައެވެ.