މިއަހަރުގެ 3 ވަނަ ކުއާޓާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖުމުލަ 14,768 ވައިގެ ދަތުރުފަތުރު ކޮށްފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޖުމްލަ 14,768 ވައިގެ ދަތުރުފަތުރު ރެކޯޑުކޮށްފައިވާކަމަށާއި، އޭގެތެރޭގައި 8,000 ބައިނަލްއަގުުވާމީ ދަތުރުފަތުރު އާއި 6,768 އެތެރޭގެ އުދުހުންތައް ހިމެނޭ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ހިދުމަތް ފަށާފައިވާއިރު، އެ ޓާމިނަލް އިން މި ވަގުތު އަންނަނީ 14 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.

އެމްއޭސީއެލްއިން މީގެކުރިން ވަނީ ފްލައިޓް މޫވްމަންޓް އިތުރުވެފައިވަނީ ރާއްޖެއަށް ޖައްސަމުންދާ ޖެޓްތަކުގެ އަދަދު އިތުރުވެފައިވާތީ ކަމަށް ބުނެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުވެސް ރެކޯޑް އަދަދަކަށް މޫވްމެންޓް އިތުރުވެފައިވާއިރު އެފަހަރު 856 މޫވްމެންޓު ހިނގިއެވެ. އޭގެ ފަހުން 861 އެއާ ޓްރެެފިކް މޫވްމަންޓާއެކު އާ ރެކޯޑެއް ވަނީ ހަދާފައެވެ.

މިފަދަ ދުވަހެއް މަގުފަހިކޮށްދިނުމުގައި އެއާލައިންތަކާއި އޮޕަރޭޓަރުންގެ ފަރާތުން ލިބުނު ހާއްސަ އެއްބާރުލުމަށް ވެލާނާ އެއާޕޯޓް ހިންގަމުންދާ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އިބްރާހީމް ތޮހާ ޝުކުރު އަދާ ކުރައްވާފައިވެއެވެ.