ލ. ކަލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައ،ި މިނިސްޓްރީ އޮފްކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، އަހުމަދު ސައުދީއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި ކަލައިދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި މަޝްރޫޢުގެ ދަށުނ،ް 38,137 ކިއުބިކް މީޓަރުގެ ސަރަ ހައްދެއްގެ ފަޅު ފުންކުރުމާއ،ި 10,728 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދުފުން ކުރުމާއ،ި 230,010 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 20 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.
އަދި މީގެ އިތުރުން ވެސް 9 މީޓަރުގެ ސަރަހައްދެއްގައި ބޭރުތެރެއަށް ވެލިތޮއްޓެއް ޖެހުމާއ،ި 72 މީޓަރުގެސަރަހައްދެއްގައި އެތެރެވަރިއަށް ވެލިތޮއްޓެއް ޖެހުމާއ،ި 64 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއ،ި 41 މީޓަރުގެ ސަރަ ހައްދެއްގައިރިވެޓްމެންޓް ޖެހުމާއ،ި 2195 އަކަމީޓަރުގެ ސަރަ ހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއަކީ 74.95 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
2 މީހުންގެ އާބާދީއެއް ދިރިއުޅޭ ކަލައިދޫ ގެ ބަނދަރަކީ އަތޮޅުގެ އެންމެ ގިނަ ރައްޔިތުން ބޭނުންކުރާ އެއް ބަނދަރު ނަމަވެސް މި އާ މަޝްރޫއުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުންދާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.