މި މަހުގެ 3 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީއިން ބޭއްވި މުޒާހަރާއިން ހައްޔަރުކުރި 6 މީހުން ބަންދުން ދޫކޮށްލައިފިއެވެ.

"ލޫޓުވައިފި"ގެ ނަމުގައި ބޭއްވި އެ މުޒާހަރާއިން ހައްޔަރު ކުރި 6 މީހުންގެ ބަންދަން ކްރިމިނަލްކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

އެ މީހުންގެ ބަންދަން ކްރިމިނަލް ކޯޓުން ޖެހި 15 ދުވަހުގެ މުއްދަތު ހަމަވުމާއެކު ބަންދާމެދު ގޮތެއް ނިންމުމަށް 6 މީހުން ވެސް ވަނީ މިއަދު ކޯޓަށް ހާޒިރުކޮށްފައެވެ. އެއާއެކު ކޯޓުން މިއަދު ނިންމީ ޝަރުތުކުރުމަށްފަހު އެ މީހުން ދޫކޮށްލުމަށެވެ.

ކޯޓުން އެމީހުން ދޫކޮށްލާފައިވަނީ އެމީހުންގެ ބަޔާން ނަގާ ނިމިފައިވާތީ، ތަހުގީގަށް އެއްބާރުން ދިނުމަށް ޝަރުތުކުރުމަށްފަހުއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ:

  1. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
  2. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  3. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  4. އަލީ ޖުމާން
  5. އަޒްމީ އަލީ
  6. ހަސަން ޝާކިރު

އެ 6 މީހުން ވަނީ ފުލުހުންގެ ބަންދުގައި ހުރިއިރު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއްވެސް ކުރިއެވެ.