ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދާފައިވާ ޕާޓީ، ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕީއެންއެފްގެ ފުރަތަމަ އިންތިހާބު ޕާޓީގެ ގައުމީ ޖަލްސާއާއި އެކު ބާއްވަން ނިންމާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
ޕީއެންއެފްއިން ކުރިމަތިލުމަށް ހުޅުވާލާފައިވާ މަގާމުތަކަކީ
- ޕާޓީގެ ރައީސް
- ދެ ނައިބު ރައީސް
- ސެކްރެޓަރީ ޖެނެރަލް ހަޒާންދާރު
- ސެނެޓްގެ 14 މެމްބަރުން
އެ ޕާޓީން ވަނީ މި މަގާމުތަކަށް ޝަރުތު ހަމަވާ މީހުން، މި މަހުގެ 23ގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފައެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން، ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނަށް ދީފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 29، ގަ އެވެ. ފާޓީ އުފެއްދި ފަހުން އެންމެ ފުރަތަމަ ބޮޑު ޖަލްސާއެއް ބާއްވާފައިވަނީ، މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އާޓިފިޝަލް ބީޗުގައެވެ.