މީޑިއާ ރެގިއުލޭޓް ބިލް ފާސް ނުކޮށް ބޭރުކުރަން ގޮވާލައި ބައެއް ނޫސްވެރިންނާއި ބައެއް އާންމުން ގޮވާލަނިކޮ، ބިލް ފާށްކުރަން ގޮވާލައި ބައެއް ނޫސްވެރިންނާއި އާންމުން އިހުތިޖާޖު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިސް ކުރާ ގެ ސަރަހައްދުގައި ބިލް ފާސްކުރަން ގޮވާލައި އެއްވި އާންމުންގެ ތެރޭގައި ބައެއް ނޫސްވެރިންނާއި އާންމުންގެ ތެރެއިން ބަޔަކު ތިބި އިރު ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ހިމެނެއެވެ.

އެމީހުން ތިބީ، ބިލް ފާސްކުރުން އަވަސް ކުރުމަށް ގޮވާލުމަށް ލިޔެފައި ވާ ބޯޑުތައް ހިފައިގެންނެވެ.

ހަމައެގޮތަށް ބިލް ބޭރުކުރަން ގޮވާލައި ވެސް ނޫސްވެރިންގެ ތެރެއިން ބަޔަކާއި އާންމުންގެ ތެރެއިން ބަޔަކު މަޖިލިސް ސަރަހައްދުގައި އިހުތިޖާޖު ކުރާ އިރު އާންމުންގެ ތެރޭގައި ގިނައީ ސަރުކާރާ އިދިކޮޅު އެމްޑީޕީއާއި، ޕީއެންއެފް އަށް ނިސްބަތްވާ ބައެއް މީހުންނެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ބިލް ބޭރުކުރަން ގޮވާލައި ބޯޑުތައް ހިފައިގެން ހަރަކާތްތެރިވަމުން ދިޔަ އިރު އަނެއްބަޔަކު ހަރަކާތްތެރިވަމުން ދިޔައީ، އަޑުއުފުލާ ހަޅޭއްލަވަމުންނެވެ.

މި ދެބައިމީހުންވެސް ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، ބިލް ފާސްކުރަން ގޮވާލައި ޓީމުން ތިބީ ފުލުހުން ބަހައްޓާފައި ހުރި ބެރިކޭޑްގެ ފަހަތުގައިކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ބިލް ބޭރުކުރަން ގޮވާލައި ފަރާތްތަކުން ވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މަޖިލީހުގެ އިދާރާއާ ދިމާއަށް ދިޔުމަށް މަސައްކަތް ކޮށް މަސްރަހު ހޫނުކޮށްފައެވެ.

މި މީހުންނާ ބައިވެރިވެ އިދިކޮޅު އެމްޑީޕީން ގެންދަނީ މަޖިލީސް ސަރަހައްދަށް އާންމުން އެއްކުރުމަށް ގިތްވަރުދެމުންނެވެ. އަދި އެކަމުގައި ބައިވެރިވާ ބައެއް ނޫސްވެރިންވެސް ގެންދަނީ އާންމުން އެމީހުނާ ބައިވެރިވުމަށާއި މިއީ 'ފަހު ދުވަސް' ކަމަށް ބުނަމުންނެވެ.

މީޑިއާ ބިލް މިއަދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފއި ވާއިރު، މަޖިލީހުގެ އިދާރާއިން މިހާރު މަސައްކަތް ކުރަނީ ބިލް ފާސްކުރުމަށް ތަޅުމަށް ގެންދިޔުމަށެވެ.