އައްޑޫ ސިޓީ، މަރަދޫފޭދުއަށް ނަގޫރޯޅިއެއް އަރައި ބައެއް ގެތަކަށް އެކިވަރުގެ ގެއްލުންވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫފޭދުއަށް ނަގޫރޯޅި އަރާފައި ވަނީ މިއަދު ހެނދުނު 8:30 އާ 9:00 އާ ދެމެދުގެ ވަގުތެއްގައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ މިއަދު އައްޑޫ ސިޓީ މަރަދޫފޭދުއަށް ނަގޫ ރޯޅިއެއް އަރައި 6 ގެއަކަށް ގެެއްލުން ވެފައިވާ ކަމަށެވެ. ގެއްލުން ލިބުނު 6 ގެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން އެންޑީއެމްއޭ ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

ނަގޫރޯޅި އަރައި ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައި ވާއިރު، ބައެއް ގޭގޭގެ ވަށާފާރު ވެސް ވަނީ ވެއްޓިފައެވެ. އަދި އެ ރަށު ހިނަވާގޭގެ ފުރާޅު ވެސް ވަނީ އެއްލާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމަށް އަދި މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.