ބ. ތުޅާދޫގައި ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ފަރާތުން ސޮއެކުރެއްވީ ސްޓޭޓް އަބްދުالله ޝިޔާޒެވެ.

މި މަޝްރޫއުގެ ދަށުން، 8,600 އަކަފޫޓުގެ ސަރަޙައްދެއްގައި މީހުން ދިރިއުޅޭނެ ބައެއް ހިމެނޭހެން 2 ފަންގިފިލާގެ ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ހަމަ އެހެންމެ މި ސެންޓަރުގައި ކެފޭއަކާއި ހިތްފަސޭހަކޮށްލަން ތިބޭނެ ބައެއް ހިމެނޭއިރު މިއީ 24.46 މިލިއަން ރުފިޔާއަށް 420 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

3000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތުޅާދޫ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާއްމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ފަތުރުވެރިކަމެވެ.

ބ. ތުޅާދޫގައި ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމުގެ ތެރެއިން

ވޭޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބު ކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައި ކަމަށްވާއިރު މި ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.