ބ. ތުޅާދޫގައި އެއާޕޯޓް އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތުޅާދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އެ ގޮތުން މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ތުޅާދޫއަށް ރައީސް މުއިއްޒު ވަޑައިގެން ވަނީ އެ ރަށުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެއާޕޯޓް އެޅުމުގެ މަސައްކަތަކީ ވަރަށް ދިގުލައިގެން ގޮސްފައިވާ މަޝްރޫއެއް ކަމަށާއި އެ މަސައްކަތް އަވަހަށް ފައްޓަވައި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދު އެ ރަށ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަސައްކަތް ފެށުމަށް ލަސްތަކެއް މެދުވެރިވީ އެކަމަށް ބޭނުންވާ ފއިސާ ހަމަޖައްސަން ކަމަށެވެ. އެ ގޮތުން މިހާރު މަޝްރޫއު ހަވާލުކޮށް އެއްބސްވުމުގއި ސޮއިކުރުމާއެކު އެ މަސައްކަތް އަވަހަށް ފަށާއި ބާރު ސްޕީޑުގައި ނިންމާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.