ރ. މާކުރަތު ފެނަކަ ބުރާންޗަށް ގެންދިޔަ އިންޖީނު ފިލްޓަރުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ބުނީ އެތަކެތި މާކުރަތަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު “އެއްފަސް” ނަމަކަށް ކިޔާ ބޯޓަކުން ކަމަށާއި އެ ތަކެތި ވަގަށް ނަގާފައި ވަނީ ބޯޓުން ގެންގޮސް ބަނދަރުމަތީގައި ބަހައްޓާފައި ހުއްޓައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރ. މާކުރަތު އުދަ، އަހުމަދު ސަލީމްއެވެ.

ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާއިރު އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކޮށް އެ ތަކެތި ހޯދާފައިވާ ކަން މައުލޫމާތު ދިން ފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ.